އެމް.އެމް.ބީ.ސީގެ ރޭޑިއޯ ބިލްޑިންގ އަދި ޓީވީ ބިލްޑިންގގައި ހެދިފައިވާ ވެހިކަލް ޕާރކް ކުރާ ސަރަހައްދު ތަކަކީ މިކުންފުނީގައި މަސައްކަތް ކުރާ މުވައްޒިފުންނާއި އަދި އެކިއެކި ބޭނުމުގައި ބޭރުން އަންނަ މެހެމާނުންނަށްވެސް ފަސޭހަވާނެގޮތަށް ވެހިކަލް ޕާރކް ކުރުމަށްޓަކައި ހެދިފައި ތަންތަނެވެ.
ނަމަވެސް ހިތާމައާއިއެކު ދަންނަވަންޖެހެނީ މިކުންފުނީގައި އުޅޭ މަދުބަޔަކު މިކަމާއި އިދިކޮޅަށް މަސައްކަތްކުރަމުން ގެންދާވާހަކައެވެ.
މީގެތެރޭގައި ބައެއް ވެރިންގެ ފެންވަރުގެ މީހުންވެސް ހިމެނޭކަމީ އަޅުގަނޑު ވަރަށް ހިތާމަކުރާކަމެކެވެ.
ޕާރކިންގ އޭރިޔާ ހެދުމުން އޭގެ އެންމެފައިދާ ކުރާނީވެސް ހަމަ މުވައްޒިފުންނަށެވެ. ތަނުގެ ސާފުތާހިރުކަމާއި ރީތިކަން ދެމެހެއްޓުމަކީ ހުރިހާ މުވައްޒިފުންގެވެސް ޒިންމާއެއްކަމުގައި ދެކިގެން މިކަމަށް ތިޔަ ހުރިހާ މުވައްޒިފުންވެސް އެއްބާރުލުން ދެއްވުން އެދެމެވެ. އަދި މިކަމުގައި މިހާތަނަށް " ކްލަބް ޓީވީއެމް" ގެ ހިންގާ ކޮމިޓީގެ ބޭފުންނާއި ކްލަބުގެ ރައީސް އަޅުގަނޑަށް ދެއްވި އެއްބާރުލުމަށް ވަރަށްބޮޑަށް ޝުކުރު ދަންނަވަމެވެ.
އަދި ދަންނަވަމެވެ. ކަނޑައެޅިފައިވާ ޕާރކިންގ ސަރަހައްދުގެ ބޭރުގައި ޕާރކް ކޮށްފައި ހުންނަ ވެހިކަލްތަށް މިކުނފުނީގެ އިމާރާތްތަށް ބަލަހައްޓާ ބޭފުޅުން ނަގަމުން ގެންދާނެވާހަކަ ދަންނަވަމެވެ. އަދި މިތަކެތި ނެގުމުގައި މިތަކެއްޗަށް ލިބޭ ގެއްލުމުގެ ޒިންމާ މިކުންފުނީގެ ފަރާތުން އުފުލަން ނުޖެހޭނެ ވާހަކަވެސް ދަންނަވަމެވެ.
" ވީ އާރ ވަން " ހަމައެކަނި ތަނެއްގައި ލިޔެލާފަ ހުރުމަކުން، އަދި ބުނުމަކުންވެސް ނުފުދެއެވެ. ނަތީޖާ ފެންނާނީ އެންމެން އެކަތިގަޑެއްގެ ގޮތުގައިކުންފުންޏަށާއި އަމިއްލަ ނަފްސަށް އިޚްލާސްތެރިކަމާއިއެކު މަސައްކަތްތަކެއް ކުރެވުނީމައެވެ.
ޝުކުރިއްޔާ
No comments:
Post a Comment